މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހއ.އަތޮޅުން ވ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ ރައްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 22:30 އިން ފެށިގެން މިރޭ ދަންވަރު 02:00 އަށެވެ.
މެޓް އޮފީހުން މިރޭ ނެރުނު މި ވައިޓް އެލާޓުގައި ބުނެފައިވަނީ ހއ.އަތޮޅުން ވ.އަތޮޅާއި ދެމެދުގައިވާ ރައްތަކަށް މިރޭ 22:30 އިން ފެށިގެން މިރޭ ދަންވަރު 02:00 އާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Heavy rain and thunderstorms expected. pic.twitter.com/ugB7LpBPT6
— Maldives Meteorology (@MetMaldives) January 14, 2021
މިރޭ 20:00 އިން މާދަމާރޭ 20:00 އަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، އެންމެ އުތުރުގެ ބައެއް ރަށްތަކަށް ވިއްްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
"ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކެރީގެ އަސަރުކުރިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ. ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓް އޮފީހުން ވިދާޅުވިއެވެ.
މިދުވަސްވަރަކީ އުތުރުގެ އަތޮޅުތަކަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ.



