ސްޕެނިޝް ސުޕަރކަޕުން ރެއަލްމެޑްރިޑް ކަޓައިފިއެވެ.
ރޭ އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން ރެއަލްމެޑްރިޑް ދަށްވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ޖަހާފައިވަނީ އެތުލެޓިކް ކްލަބުންނެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިދެލަނޑުވެސް އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ރައުލް ގާސިއާއެވެ. ރައުލް ގާސިއާގެ ފުރަތަމަ ލަނޑު އޭރިއާތެރެއަށްވަދެ ތިރިތިރިން ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅައަކާއެކު ކާމިޔާބުކޮށްފައިވާއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.
⚽️⚽️ ????????????́???? ????????????????????́???? 2⃣2⃣ #BiziAmetsa ???? #Supercopa ???? pic.twitter.com/etbpcDaDHt
— Athletic Club (@AthleticClub) January 14, 2021
ދެވަނަ ހާފުގައި ރެއަލްމެޑްރިޑުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، އަސެންސިއޯ ފޮނުވާލި ބާރު ދެހަމަލާއެއް ގޯލްގެ ދަނޑިއާވަނީ އަމާޒުވެފައެވެ. .73 ވަނަ މިނަޓްގައި ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑާއެކު ފަރަގު ކުޑަކުރިނަމަވެސް ނަތީޖާ އަނބުރާލެވޭގޮތްނުވެ، މެޗު ނިމުނީ ރެއަލްމެޑްރިޑް ދަށްވެގެންނެވެ.
މިމޮޅާއެކު އެތުލެޓިކް ކްލަބު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލްގައި ވާދަކުރަން ޖެހޭނީ ބާސެލޯނާއާއެވެ. ބާސެލޯނާ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި ޕެނަލްޓީން ރެއަލްސޮސިޑޭޑް ބަލިކުރުމަށް ފަހުގައެވެ.
މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ. ފޯރިގަދަ އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 01:00 ގައެވެ.
https://feshun.wonstasite.com/108758




