ޗައިނާ ސަފީރު ޖަންގް ލިޖޮން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ : ރައީސް އޮފީސް

ދަތިކަމުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖަހަން އެއްބާރުލުން ދޭނަން - ޗައިނާ ސަފީރު

ކޮވިޑް-19 ގެ ސަބަބުން މަޑުޖެހިފައިވާ ރާއްޖޭގެ އިގްތިޞާދު ކޮޅަށް ނެގުމަށްޓަކައި ދަތިކަމުގެ ތެރޭގައި ވެސް ޗައިނާއިން އެއްބާރުލުން ދޭނެކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމާ އެކު، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާގެ އެހެން ކުންފުނިތަކުން، މެދުކެނޑުމަކަށްފަހު އަލުން ރާއްޖޭގައި މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

އަދި މިއީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީތެރިކަމަކަށް ވާނެކަމަށް ސަފީރު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެއާޕޯޓަށް ވަޑައިގެންނެވި އިރު ޗައިނާ ސަފީރު ވެސް ވަޑައިގެން ޗައިނާގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވަނީ ރައީސަށް މައުލޫމާތު ދެއްވާފައެވެ.

ޗައިނާގެ ކުންފުނިތަކާއި ހަވާލުކޮށްގެން އެއާޕޯޓު ތަރައްގީ ކުރުމުގެ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުގައި ޓާމިނަލްތައް ހެދުން ފަދަ ބޮޑެތި މަސައްކަތްތައްދަނީ ކުރިއަށް ގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ