ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރިވަނީ : ފޮޓޯ - އެމް.ވީ ކްރައިސިސް

މިސްކިތަކަށްއަރައި އިންޑިއާ މީހަކު ދިވެއްސަކަށް ހަމަލާދީފި

މިސްކިތަކަށްއަރައި އިންޑިއާ މީހަކު ދިވެއްސަކަށް ހަމަލާދީފިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހަމަލާދީފައިވަނީ ހުޅުމާލޭ މިސްކިތެއްގެ ތެރޭގައެވެ.

މަންޒަރުދުއް ފަރާތްތަކުން މި ނޫހަށް ބުނީ އެ ހަމަނުޖެހުން ހިނގާފައިވަނީ އަސުރުނަމާދު ވަގުތު ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައިކަމަށެވެ.

ހަމަލާދިން މީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭކަމަށް އެވަގުތު މިސްކިތުގައި ހުރި ބައެއްމީހުން ވަނީ ބުނެފައެވެ. އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ އެ މިސްކިތަށްއެރި އުމުރުން ދުވަސްވީ ދިވެއްސަކު ނަމާދުކުރަން ގޮނޑިއެއްނެގުމުން، އެކަމާ އެ އިންޑިއާ މީހާ ހިތްހަމަ ނުޖެހިގެންކަމަށް މަންޒަރުދުއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އިންޑިއާ މީހާ ގޮސް ދިވެހި އުމުރުން ދުވަސްވީ މީހާގެ ކަރުގައި ހިފި ހިސާބުން މިސްކިތުގައިތިބި އެހެން ދިވެހިން އެމީހާ ހުއްޓުވާ މިސްކިތުން ވަނީ ނެރެފައެވެ.

ހުޅުމާލޭ މިސްކިތަކަށްއަރައި އިންޑިއާ މީހަކު ދިވެއްސަކަށް ހަމަލާދީފި : ފޮޓޯ - އެމް.ވީ ކްރައިސިސް

އޭގެކުރިންވެސް އެ އިންޑިއާމީހާ މިސްކިތުގައި އޮށޯވެއޮތްކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ވިދާޅުވީ ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައިހުރި އުމުރުން ދުވަސްވީ މީހަކު ގައިން ވަހެއްދުވާތީ ކަމަށްބުނެ އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މި މައްސަލައިގައި އިންޑިއާ މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ވިދާޅުވީ މި މައްސަލައާއިގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ