ހުޅުމާލޭ ފޭސް 2 ގައި މޫދަށްއެރިއުޅުނު މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރިއުޅުނު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށާއި، މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަހައްދުގެ މޫދު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. އެހެންކަމުން ގިނަ ބަޔަކު މޫދަށް އެރުމަށް އެސަރަހައްދަށް މިހާރު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ