އިންތިހާބީ ރައީސް ބައިޑެން ޓުވިޓާގައި ސުމަކުން ފަށައިފި

އެމެރިކާގައި މިދިޔަ އަހަރު ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމަކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ރައީސް ކަމުގައި ބޭނުން ކުރައްވާނެ ރަސްމީ ޓުވިޓާ އެކައުންޓު ހުޅުވައިފިއެވެ.

މި އާ ޓުވިޓާ އެކައުންޓުގެ ނަމަކީ، ޕުރެޒިޑެންޓް އިލެކްޓް ބައިޑަން (PresElectBiden) އެވެ. ހުވާ ކުރައްވާ ދުވަހުން ފެށިގެން އެކައުންޓުގެ ނަން ޕްރެސިޑެންޓް އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް (POTUS) ބަދަލު ކުރެވިގެން ދާނެއެވެ.

އެހެނިހެން ރައީސުންނާއި ބައިޑެންގެ ޓުވިޓާ އެކައުންޓުގެ ތަފާތަކީ މި އެކައުންޓު ފަށައިފައިވަނީ އެއްވެސް ފޮލޯވަރެއް ނެތި ސުމަކުން ކަމެވެ. މިހާރު ރައީސް ކަމުގައި ހުއްނެވި ޑޮނަލްޑް ޓުރަމްޕް ބޭނުން ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ރައީސް ކަމުގައި ބޭނުން ކުރައްވަމުން ގެންދެވި އެކައުންޓުގައި ހުރި ފޮލޯވާރސް އާއެކުއެވެ.

ބައިޑެން ރައީސް ކަމުގައި ހުއްނަވާ ބޭނުން ކުރައްވާނެ ރަސްމީ ޓުވިޓާ އެކައުންޓު ހުޅުވިތާ ހަ ގަޑިއިރު ތެރޭ ފޮލޯވަރުންގެ އަދަދު 400،000 އަރައިފައި ވެއެވެ. ބައިޑަން އަމިއްލަފުޅަށް މިހާރު ބޭނުން ކުރައްވާ ޓުވިޓާ އެކައުންޓުގެ ފޮލޯވަރުންގެ އަދަދަކީ 24 މިލިއަނެވެ.

ޓުވިޓާއަކީ ސިޔާސީ ގިނަ ބޭފުޅުން ރަސްމީ ހައިސިއްޔަތުން އެބޭފުޅުން ދޭން ބޭނުންފުޅުވާ މެސެޖުތައް ދިނުމަށް ބޭނުންފުޅު ކުރައްވާ އެޕްލިކޭޝަނެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ