ނަމާދަށް ހުރި ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް!

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައިހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާމީހާގެ ބަންދާމެދު ގޮތެއް ނިއްމުމަށް ހައިކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައިހުރި އުމުރުން ދުވަސްވީ މީހަކު ގައިން ވަހެއްދުވާތީ ކަމަށްބުނެ އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ