ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

"ޔާމީންގެ ވެރިކަން ނަމަ ރައްޔިތުން މިހާރު ތިއްބަވަނީ ވެކްސިން ޖައްސަވައިގެން"

މިއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިއްބަވަނީ ވެކްސިން ޖައްސަވައިގެންކަމުގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު ވިދާޅުވީ 400 ލައްކަ ރައްޔިތުންގެ މިކުޑަ އާބާދީ އަށް މާސްކެއް ހިލޭ ބަހާ ނުލެވުނުކަމަށާއި އަދި ވެކްސިން ކޮޅު ހޯދާ ނުލެވުނުކަމަށެވެ. ޕެނަޑޯލް ގުޅަ އާއި ގަލަމަކީ ތަރައްޤީއޭ ބުނީމަ ގަބޫލު ކުރަން އުނދަގޫކަމުގައި ޝުޖާޢު ވަނީ ވިދާޅުވެފައެވެ.

"މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިއްބަވަނީ ވެކްސިން ޖައްސަވައިގެން" ޝުޖާޢު އިތުރަށް ވިދާޅުވިއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައި ވާއިރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގއ ދެއްވަދޫއަށް ފޭސްމާސްކްތަކެއް ހަދިޔާކޮށްފައެވެ. އެގޮތުން އެކޯލިޝަންގެ ފަރާތުން ދެއްވަދޫއަށް ވަނީ 4000 ފޭސްމާސްކް ހަދިޔާކުރައްވާފައެވެ.

މި ފޭސްމާސްކް ތައް ދެއްވަދޫގައި ހުންނަ އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ ޓްރެޒަރާއާއި ހަވާލުކޮށްދެއްވާފައި ވަނީ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ޝުޖާޢު ވިދާޅުވެފައި ވަނީ މިއީ ރައީސް ޔާމީންގެ ވެރިކަންނަމަ ރައްޔިތުންގެ ފައިސާއިން ވައްކަން ނުކޮށް ވެންޓިލޭޓަރ ދިވެހިރާއްޖެ އަށް ހުންނާނީ ހިލޭ ހޯއްދަވާފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ