މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ހަތަރު ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ ފުލުުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ މައްޗަންގޯޅި ގެއަކާއި ގަލޮޅު ގެއެއްގެ އިތުރުން މާފަންނު ގެއަކާއި މާފަންނުގައި ހުރި ގެސްޓު ހައުސްއެއްކަމަށެވެ.

މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ޖޫސްޕެޓީ ކޮތަޅާއި، ބޮޑު ހަ ރަބަރު ޕެކެޓާއި، 33 ރަބަރު ޕެކެޓާއި، ފޮއިލް ކޮޅަކާއި ސެލޯފިންކޮޅެއްގެ އިތުރުން ފިލްމު ހުސްކުރި 10 ދަޅާއި ބަނގުރާ ފުޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހު މުއްދަތު ދީފައިވާކަމަށާޢި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ