އިޓަލީގެ އޭސީ މިލާން ދެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެކްލަބުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ކޮވިޑް-19 އަށް އެކްލަބުން ކުރި ޓެސްޓްތަކުގެ ތެރެއިން ދެޓެސްޓެސް ޕޮޒިޓިވްވެފައިވާކަމަށެވެ. ހޮނިހިރު ދުވަހު ކުރި ޓެސްޓްތަކުގެ ތެރެއިން ދެޓެސްޓް ފިޔަވާ ހުރިހާ ޓެސްޓެއް ނެގެޓިވްވެފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެކްލަބުގެ ހަކަން ކެންހެނޯގްލޯއާއި ތިއޯ ހާނަންޑޭޒްކަމަށްވެސް ބުނެފައިވެއެވެ.
އެ ދެކުޅުންތެރިންވެސް މިހާރު ތިބީ އައިސޮލޭޝަންގައެވެ.
Comunicato Ufficiale: Hakan Çalhanoğlu e Theo Hernández ???????? https://t.co/NmG3ZHkGjj#SempreMilan pic.twitter.com/QOVTL6yQEV
— AC Milan (@acmilan) January 17, 2021
ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފައިވަނީ މިއީ ހުރިހާ ޓީމަކަށްވެސް ދަަތި އުނދަގޫ ސީޒަނެއްކަމަށާއި، މީގެ މަހެއްކުރިން މުޅީ ޓީމު މެޗަށް ތައްޔާރަށް އޮތްނަމަވެސް މިއަދު ކޮންމެފަދަ ހާލަތެއްވެސް ކްލަބަށް ކުރިމަތިވެދާނެކަމަށެވެ. އަދި ހުރިހާ ކަމަކަށްވެސް ކްލަބުތަކުން ތައްޔާރުވެ ހުރުމަކީ މުހިންމު ކަމެއްކަމަށްވެސް އޭނާ ބުންޏެވެ.
3 ޕޮއިންޓް ލީޑަކާއެކު އިޓާލިއަން ސެރީއާގެ ތާވަލްގެ އެއްވަނާގައި އޮއް އޭސީ މިލާން މާދަމާ ރޭ ނުކުންނާނީ ކަލްގިއަރީއާއި ދެކޮޅަށެވެ. މިވަގުތު އޭސީ މިލާނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން މީގެކުރިން ބައެއް މެޗު ގެއްލިފައިވާ ހުނަރުވެރި ފޯވާޑު އިބްރަހިމޮވިޗަށް މާދަމާ ރޭގެ މެޗު ކުޅެވުމެވެ.



