ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިޢުލާން ކޮށްފިއެވެ.
އެގޮތުން ގަން ރީޖަނަލް ހޮސްޕިޓަލުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ރެޖިސްޓަރޑް ނާރސް / ސީނިއަރ ރެޖިސްޓަރޑް ނާރސް / ކްލިނިކަލް ނާރސްގެ މަޤާމަށް މީހުން ބޭނުންވާކަމަށެވެ.
މިމަޤާމަށް 42 މީހަކު ބޭނުންވާ ކަމަށް އިޢުލާނުގައި ބުނެފައިވާއިރު، މަޤާމުގެ ކްލެސިފިކޭޝަންއަކީ ނަރސިންގ ޕްރޮފެޝަނަލްސްއެވެ. އަދި ވަޒީފާ އަދާކުރަންޖެހެނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި އެހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކުގައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށް ހުށަހެޅުމަށް އެދިފައިވާއިރު، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި ބުނެފައިވަނީ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 6800703 ނަންބަރު ފޯނަށް ގުޅުމަށް އެދިފައިވާއިރު، އީ-މެއިލް [email protected] މެދުވެރިކޮށްވެސް ލިބޭނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.




