ކެންސަރު ހޮސްޕިޓަލް އަޅަން އިންޑިއާ ޓީމެއް ގަމަށް!

ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް މަޝްރޫއާ ގުޅިގެން މުމްބާއީގެގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މި ޓީމުގައި ދެ އޮންކޮލޮޖިސްޓުންވެސް (ކެންސަރަށް ހާއްސަ ޑޮކްޓަރުން) ހިމެނެއެވެ. އެ ޓީމުން ވަނީ ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލައިފައެވެ.

ކެންސަރު ބައްޔަށް ފަރުވާ ދޭން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލް ގަމުގައި ގާއިމްކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ -- ލޯނެއް -- ތެރެއިން ހިންގާ މި ޕްރޮޖެކްޓެކެވެ.

އެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާ އެއްގޮތަށް، 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ރުފިޔާވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ. ފައިސާ ދައްކަން ޖެހެނީ 20 އަހަރުގެ ތެރޭގަ އެވެ.

ޓީއެމްސީ އަކީ އިންޑިއާގައި ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތްކޮށް، ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ