ށ. ކޮމަންޑޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮމަންޑޫ ކައުންސިލުގެ ރައީސް ވިދާޅުވީ. ޕޮޒިޓިވް ވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.
އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި 10 ދުވަސް ފުރިހަމަ ކޮށް ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވުމުންނެވެ.
ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،583 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،566 އަށް އަރާފައެވެ.




