އެމްޑީޕީގެ ވަޒީރުންނާއި މަޖިލިސްގެ ވަދުފެއް ކޮމަންޑޫއަށް!

ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އެމްޑީޕީގެ ވަޒީރުންގެ ބައެއް ބޭފުޅުންނާއި ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ކޮމަންޑޫއަށް މިއަދު ވަޑައިގެންފި އެވެ.

ކޮމަންޑޫއަށް މިއަދު ވަޑައިގެން އެމްޑީޕީގެ މި ޓީމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދުވެސް މި ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ކޮމަންޑޫއަށް މިއަދު ވަޑައިގެންނެވި އިރު، އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް މިވަގުތު ތިއްބެވީ ކޮމަންޑޫގަ އެވެ. އަދި ކެމްޕޭން ފެއްޓެވުމަށް ރައީސް ސޯލިހްވެސް މިދިޔަ ހަފްތާގައި ކޮމަންޑޫއަށް ވަޑައިގެންނެވިއެވެ.

ކޮމަންޑޫއަށް ވަޑައިގެން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ވަހީދުގެ ހަނދާންތައް މި ދަތުރުފުޅާއެކު އާވާ ކަމަށެވެ. މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ލިޔުއްވައިފައިވެ އެވެ.

މިއަދު ކޮމަންޑޫގައި އެމްޑީޕީ ކެންޑިޑޭޓް ރާޝިދުގެ ކެންޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ