ހުޅުމާލެ ސެކަންޑް ފޭސްގެ ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހުޅުމާލެ ސެކަންޑް ފޭސްގައި އިމާރާތްކޮށްފައިވާ 7000 ފްލެޓް ހުންނަ ސަރަހައްދުގައި ހުންނަ ބްލޮކެއްފައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ.
މިއީ އެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:08 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއްނުވެއެވެ. ނަމަވެސް ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަންއަށް ވަނީ ގެއްލުން ލިބިފައެވެ.




