ބަދަލުތަކަކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ އާ ލޯގޯ ދައްކާލައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެ.މްޑަބްލިޔު.އެސް.ސީ)އަށް 25 އަހަރު ފުރުން ފާހަގަކުރާއިރު، އެ ކުންފުނީގެ އާ ލޯގޯ ދައްކާލައިފިއެވެ.

އިއްޔެއިން ފެށިގެން "ރިހި 25" މި ހޭޝްޓެގްގައި އެމް.ޑަބްލިޔު.އެސް.ސީ އިން އައީ ކައުންޓްޑައުންއެއް ޖައްސަމުންނެވެ. އެގޮތުން މި އާ ލޯގޯ ދައްކާލުމަށް ފެން ބިލްޑިންގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެ.މްޑަބްލިޔު.އެސް.ސީގެ ރަސްމީ ޓްވިޓާ އެކައުންޓުގައި މި އާ ލޯގޯ މިހާރު ދައްކާލާފައިވާއިރު، ކުރީގެ ލޯގޯއަށް ކުދި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ގެނައި ބަދަލަކީ، ލޯގޯގެ ކުލަތަކަށް ގެނައި ބަދަލާއި އަދި ނަމުިގެ އަކުރުތަކަށް ގެނައި ބަދަލެވެ.

އެ ކުންފުނިން ބުނީ، އާ ލޯގޯގެ ކުލަތަކަށް ގެނެސްދީފައިވާ ބަދަލުން، ކުންފުނީގެ ކުރިއެރުން މާ ރަނގަޅަށް ދައްކުވައިދޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
17
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ