ވެރިރަށް މާލޭގެ ބައެއް ސަރަޙައްދު ތަކުން މިރޭ ފެނުގެ ޚިދުމަތް މެދު ކަނޑާލެވޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ ބުނީ، މާލޭ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު ކުރަމުންދާ ޝަހީދު ޢަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަޙައްދުން މިރޭ ފެނުގެ ޚިދުމަށް ކަނޑާލެވޭނެކަމަށެވެ.

އެގޮތުން މިރޭގެ 23:00 އިން 02:00 އަށް މިސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވާއިރު، ފެން ކަނޑާލެވޭނެކަމަށް އެކުންފުނިން ބުނެފައިވާ ސަރަޙައްދުތަކަކީ ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބީސީތަކަކާއި، ހަވިރީ ހިނގުމާއި ފުލޫނިޔާ މަގާއި ދެމެދުން، ޝަހީދު ޢަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބީސީތަކެކެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމް.ޑަބްލިޔު.އެސް.ސީންވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.



