ފޮޓޯ: ސަން އޮންލައިން

މިރޭވެސް މާލޭގެ ބައެއް ސަރަޙައްދުތަކުން ފެން ކެނޑޭނެ

ވެރިރަށް މާލޭގެ ބައެއް ސަރަޙައްދު ތަކުން މިރޭވެސް ފެނުގެ ޚިދުމަތް މެދު ކަނޑާލެވޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ.

އެގޮތުން މިސަރަޙައްދުން ފެނުގެ ޚިދުމަތް ކަނޑާލަނީ މިރޭގެ 23:00 އިން 02:00 އަށެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ، މިރޭ ފެން ކަނޑާލެވޭނީ ފުލޫނިޔާމަގާއި މުނިޔާމަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންކަމަށެވެ. އަދި ފެންކަނޑާލެވެނީ މާލޭ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައިކަމަށްވެސް އެކުންފުނިންގވަނީ ބުނެފައެވެ.

އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމް.ޑަބްލިޔު.އެސް.ސީންވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.

https://feshun.wonstasite.com/112864

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ