މިއަދު އިންޑިއާއިން ރާއްޖެ ގެނެވޭ ވެކްސިން އަކީ އިންޑިއާއިން ރާއްޖެއަށް ދޭ ހަދިޔާއެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާ ދެކޮޅަށް އިންޑިއާގައި ދެމުން އަންނަ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ ޝިޕްމަންޓް މިއަދު ރާއްޖެއަންނާނެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް މިއަދު މިއަދު އެއާ އިންޑިއާގެ މަތިންދާބޯޓުން މާލެ ގެނެވޭނެކަމަށެވެ. އަދި މިއީ އިންޑިއާއިން ދޭ ހަދިޔާއެއްކަމަށް ރައީސް ނަޝީދު ލިޔެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިއަދު ރާއްޖެ ގެނެވޭ ވެކްސިންއަކީ، ރާއްޖޭގައި ވެސް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ނައްތާލުމަށް އެޅޭ ފެށުން ނުވަތަ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
Today, an Air India plane will land in Male’ with 100,000 doses of AstraZeneca vaccine - a gift from India. For ???????? it’s the beginning of the end of this terrible virus. During tsunami, ‘88 coup, water crisis or corona ????, ???????? has been our first responder and dependable friend.
— Mohamed Nasheed (@MohamedNasheed) January 20, 2021
އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައާއި އަދި ވޯޓާ ކްރައިސިސް އަދި މި ކޮރޯނާ ވައިރަސްގެ ދުވަސްވަރުވެސް ހާލުގައި ޖެހުނު ވަގުތު އެންމެ ގާތުގައި ހުރި ރަހުމަތްތެރިއަކީ އިންޑިއާކަމަށެވެ.
ރާއްޖެއަށް މިއަދު ވެކްސިން ލިބޭއިރު، ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަށެވެ.
#NeighbourhoodFirst Both #Maldives & #Bhutan also receiving 1st supply of #Covishield.100,000 doses of #COVISHIELD for Maldives with 500,000 population from India,@ibusolih Govt proposes to purchase 300,000 doses of vaccines from @SerumInstIndia at commercial rates @HCIMaldives https://t.co/zcgZUjfgot
— Smita Sharma (@Smita_Sharma) January 19, 2021
ރާއްޖޭގެ އިތުރުން މިއަދު ބޫޓާން އަށްވެސް އިންޑިއާއިން ފޯރުކޮށްދޭ "ކޮވިޑްޝީލްޑް" ވެކްސިންގެ ފުރަތަމަ ސަޕްލައި ލިބޭނެކަމަށް އިންޑިއާގެ ޖާނަލިސްޓަކު ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާ ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300،000 ޑޯޒްގެ ވެކްސިން ގަތުމަށް ހުށައަޅާފައިވެއެވެ.
ހިޔާލު
ޕަކާސް……88 ގެ ބާގީންގެ ހަމަލާގަވެސްދޯ……. އެކަމް އެފަހަރުވެސް ރާއްޖެއިން ފޮނުވާލަން ޖެހުނި ގަދަކަމުންދޯ