ކޯވިޑް-19 : އެމެރިކާއިން މަރުވި މީހުންގެ ޢަދަދު 4 ލައްކައަށް!

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 400000އަށް އަރައިފިއެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާގައި މިހާތަނަށް 24.2 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެ ޤައުމު އޮތީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޤައުމާއި އެންމެ ގިނަ ޢަދަދެއްގެ މީހުން އެ ބަލީގައި މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 171،525 މީހުންނަށް ބަލިޖެހި 2،768 މީހުންވަނީ މަރުވެފައެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 400،000 ހުރަސްކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދައުރުގެ އެންމެ ފަހު ދުވަހުގައެވެ. އެމަނިކުފާނަކީ ކޮވިޑް-19އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ބޭފުޅެކެވެ. މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް ޓްރަންޕަށް ކޮވިޑް-19 ޖެހިވަޑައިގެންފައިވާ ނަމަވެސް އެމަނިކުފާނުވަނީ އެ ބައްޔާއިމެދު ސައިންސްގެ ނަޒަރިއްޔާއިން ސުވާލު އުފައްދަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ