ރައްކާ ރޯޑް ސޭފްޓީ ރަންގައި ދުވަން ކަނޑައެޅި ކިލޯމީޓަރުގެ އަމާޒަށް ވާސިލްވެއްޖެ

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ފެށި ރައްކާ ރޯޑް ސޭފްޓީ ރަންއަށް ދުވުމަށް ކަނޑައެޅި ކިލޯމީޓަރުގެ އަމާޒަށް ވާސިލްވެވިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޖަނަވަރީ 8 ވަނަ ދުވަހުގެ ހަވީރު ފެށި ރައްކާ ރޯޑް ސޭފްޓީ ރަންގައި ދުވުމަށްކަނޑައަޅާފައިވާ ކިލޯމީޓަރުގެ އަމާޒަކީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 އެވެ.  އެގޮތުން އިއްޔެއާ ހަމައަށް ދުވުމުގެ ބައިވެރިން ވަނީ 6059 ކިލޯމީޓަރު ހަމަކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ސޭފްޓީ ރަން” ކުރިއަށް ދަނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތައް ކަމަށެވެ.

މި ދުވުން ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް އަދި ރަން ފޯރ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ދުވުމުގައި 850 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ