މައުމޫންގެ ޝުކުރު މޯދީއަށާއި، އިންޑިއާ ރައްޔިތުންނަށް!

އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުން ރަމްޒުކޮށްދެނީ ދެޤައުމުގެ ގާތް ގުޅުންކަންކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ވަނީ 100،000 ޑޮޒް ވެކްސިން ހަދިޔާކޮށްފައެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ހިލޭ ފޯރުކޮށްދިން އެހީއެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑޫވަޒީރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއީ މިފަދަ ބަލިމަޑުކަމުގެ ޙާލަތުގައި އިންޑިއާއިން ރާއްޖެއާއި އެކު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭކަމެއްކަމަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ