މިދިޔަ އަހަރު ހުށައެޅުނު ބަދުއަޚުލާގީ އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އަދަދު ގިނަ

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަޚުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓަރ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅުނު އަދަދު ގިނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 245 މައްސަލައެއް ހުށައެޅިފައިވާކަމަށާއި، ކައުންޓަރ ފީޑް ފޯޖަރީގެ 87 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 108 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މަކަރާއި ހީލަތުގެ 498 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރުވަނީ 609 މައްސަލައެއް ހުށަހެޅިފައެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު 3327 މީހުން ހައްޔަރުކޮށްފައިވާއިރު، ފާއިތުވި އަހަރު ވަނީ 3849 މީހުން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ ކުރެވުނު މައްސަލަތައް 2019 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2020 ވަނަ އަހަރު އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރު 1571 މައްސަލައެއް ޕީޖީ ކޮށްފައިވާއިރު ފާއިތުވި އަހަރު 1724 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ކުޑަކުދިންނަށްވާ އިހުމާލާއި އަދި ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތައް މަދުނޫން އަދަދަކަށް ރާއްޖޭގެ އެކިއެކި ކަންކޮޅު ތަކުގައި އަންނަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ