ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުއް ކޮށްފައިވާ ޙުކުމްގެ އިސްތިޢުނާފު މައްސަލައިގެ ހުކުމާ ދިމާކޮށް އިދިކޮޅުން އިހުތިޖާޖު ފަށައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަޕޯޓަރުން އިހުތިޖާޖު ފަށާފައިވަނީ ހައިކޯޓްއާއި ދިމާލުން ކަރާ މާރުކޭޓު ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
މިމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ. މި މައްސަލައިގައި ޙުކުމް އިއްވުން ހައިކޯޓުން މިހާރު ތާވަލް ކޮށްފައި ވަނީ މިއަދު މެނދުރުފަހު 02:15 އަށެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ހުކުމްއިއްވުން ފެށިގެންދާއިރު އިދިކޮޅުން ކުރިއަށްގެންދާ އިހުތިޖާޖުގައި އަޑުއުފުލަމުންދަނީ ރައީސް ޔާމީން ދޫކޮށްލުމަށެވެ. މި އިހުތިޖާޖުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް ދެތިންސަތޭކަ ސަޕޯޓަރުންނެވެ.

