ރިޔަލު ދޯންޏެއްގައި މަސްބާނަން ނުކުމެ އުޅުނު މީހެއްގެ ހަބަރެއް ނުވެގެން ހޯދަނީ!

ރިޔަލު ދޯންޏެއްގައި މަސްބާނަން ނުކުމެ އުޅުނު މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުގެ މަސައްކަތް ފަށައިފިއެވެ.

ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ކ.މާފުށީ، ޝޭޑީ ގްލޯވަރ، އަޙްމަދު އާދަމް މަނިކު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެކަނިމާއެކަނި މިއަދު ފަތިހު 5:30ހާއިރު ކ.މާފުށިން މަހަށް ފުރި މި މީހާގެ ޚަބަރެއް އޭގެ ފަހުން ނުވާކަމަށެވެ. އަދި މި މީހާގެ ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 14:08 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި މީހާ މަހަށް ފުރާފައިވަނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައެވެ. މި މީހާ ހޯދުމަށްޓަކައި އެމްއެންޑިއެފް މާލޭ އޭރިއާގެ ސިފައިން ދަނީ ޙަރަކާތެރި ވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ