ނައިވާދޫ ބޭރުން ބޭރުގެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

ހދ. ނައިވާދޫ ބޭރުން މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މިބަސްޓު ފެނިފައިވަނީ ހދ.ނައިވާދޫ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި މިމަސްބޯޓާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:42 ހާއިރުއެވެ.

އެމްްއެންޑީއެފުން ވިދާޅުވީ، މިބޯޓާއި ބެހޭ މަޢުލޫމާތު ދީފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން އުޅުނު ހދ.މަކުނުދޫ 'ރަންދި' ދޯނިންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ