ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުއް ކޮށްފައިވާ ޙުކުމްގެ އިސްތިޢުނާފު މައްސަލައިގެ ހުކުމާ ދިމާކޮށް އިދިކޮޅުން އިހުތިޖާޖު ފަށައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަޕޯޓަރުން އިހުތިޖާޖު ފަށާފައިވަނީ ހައިކޯޓްއާއި ދިމާލުން ކަރާ މާރުކޭޓު ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.
މުޒާހަރާ ހޫނުވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު މިހާރުވަނީ ހަމަނުޖެހުން ހިނގައި ކުރިމަތިލުމަކަށް ގޮސްފައެވެ.

ފުލުހުން ގެންދަނީ މުޒާހަރާ ކުރަމުންދާ މީހުން އެ ސަރަޙައްދުން ދުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިޔަކު ވެއްޓިފައި އޮތްވާ، ފުލުހުންވަނީ އޭނާ ގަޔަށް ކަރުނަ ގޭސް ޖަހައިފައެވެ. އަދި މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަންވަނީ ފަށާފައެވެ.




