ސަލާޙް މަސްވެރިކަމުގައި

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑު މުޙައްމަދު ސަލާޙްއަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން މޮޅު މަސްވެރިއެއްކަން މީސްމީޑިއާގައި ޙިއްސާކޮށްފައިވާ ފޮޓޯތަކާއެކު ހާމަކޮށްދީފިއެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއިއެކު ހޯދި ބޮޑު ކާމިޔާބީއަށްފަހު ސަލާޙް އާޢިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިހާރު ހުރީ މެދު އިރުމަތީ ޤައުމެއްގައެވެ. އެއީ ކޮން ޤައުމެއް ކަމެއް ހާމަކޮށްފައި ނުވިނަމަވެސް ސަލާޙް މީސް މީޑިއާގައި ޙިއްސާކޮށްފައިވާ ފޮޓޯތަކުން އާޢިލާއާއެކު އުފާވެރި ދުވަސްވަރެއް ހޭދަކުރަމުންދާކަން އެނގެއެވެ.

ސަލާޙް މީޓަރަކަށްވުރެ ދިގު މަހަކާއެކު މީސްމީޑިއާގައި ޙިއްސާ ކޮށްފައިވާ ފޮޓޯތަކާއެކު ގިނަ ސަޕޯޓަރުން ތަކެއް އެފޮޓޯތަކަށް ކޮމެންޓް ކުރަންފެށިއެވެ.

" ސަލާޙްއަށް އަހަރެން ހިފިއްޖެ. ސަލާޙް ހޯދަމުން ދިޔަ މަހަކީ އަހަރެން " ސަޕޯޓަރަކު ކުރި ކޮމެންޓެއްގައިވެއެވެ. ސަލާޙަށް ނުކުރެވޭނެ ކަމެއް ނޯންނާނެކަމަށްވެސް ބުނެ ސަޕޯޓަރަކުވަނީ ކޮމެންޓް ކޮށްފައެވެ.

އާޢިލާއާއެކު ބޮޑު ޗުއްޓީއެއް ހޭދަކުރަމުން އަންނަ ސަލާޙް، ލިވަޕޫލް ޑިއުޓީއަން އަންނަން ޖެހޭނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް