ދުނިޔޭގެ ފުޓްބޯޅައިގެ މިހާރު ހުރި އެންމެ އަގު ބޮޑު ކުޅުންތެރިންގެ ލިސްޓްގެ ފަސްވަނާގައި ހުރީ ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ސަލާޙްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިންގް ނޫހަކުން އަންދާޒާކޮށްފައިވާ ގޮތުގައި ދުނިޔޭގެ މާކެޓުން ބަލާއިރު ސަލާޙްގެ އަގު 158 މިލިއަން ޔޫރޯއަށް އަރައެވެ. ސަލާޙްއަށް މިލިސްޓުން ފަސްވަނަ ލިބެނީ ވާދަވެރި އެތަށް ކުޅުންތެރިންނެއް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. އޭގެތެރޭގައި ހެރީ ކޭން، ގްރިޒްމަން، ރަހީމް ސްޓާލިން އަދި ޑިބްރޫނޭގެ އިތުރުން ޕޮގްބާވެސް ހިމެނެއެވެ.
ސްޕެއިންގެ 'ޑައީރިއޯ އޭއެސް' ގައިވާގޮތުން މިލިސްޓުން އެއްވަނަ ލިބެނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށެވެ. އެމްބާޕޭގެ މާކެޓް ވެލިއުއަކީ 25 މިލިއަން ޔޫރޯކަމަށް ބުނެފައިވާއިރު، މިލިސްޓްގެ ދެވަނާގައި އުޅޭނީ ނޭމާއެވެ. ނޭމާގެ މާކެޓް ވެލިއުއަކީ 192.9 މިލިއަން ޔޫރޯއެވެ. ތިންވަނަ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބޭއިރު، މެސީގެ އަގަކީ 186.6 މިލިއަން ޔޫރޯއެވެ. އަދި 162.8 މިލިއަން ޔޫރޯއާއެކު ހަތަރު ވަނައިގައި އޮތީ ހަޒާޑެވެ.
ސަލާޙްވަނީ ލިވަޕޫލްއާއެކު މިއަހަރު ތިން މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަރ ކަޕްގެ އިތުރުން ކްލަބް ވޯލްޑްކަޕެވެ.




