ތިލަފުށީ ފަޅު އެއްކޮށް ހިންކަން އުޅޭ ކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޝާރާތް ކުރައްވައިފިއެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ވަނީ ތިލަފުށީ ފަޅުގައި މިހާރު ނުހިއްކިއޮތް ސަރަހައްދު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ކުރެހުންތަކައި އަދި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމަށް ހަދާ ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ.
އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި ތިލަފުށީ ފަޅުނ 138 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ3 ބަޔަކަށް ބަލާހައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ 75.9 ހެކްޓަރުގެ ސަރަހައްދަކާއި 33.6 ހެކްޓަރުގެ ސަރަހައްދަކާއި 28.5 ހެކްޓަރުގެ ސަރަހައްދެއްކެވެ.
ކުނި ބޭނުންކޮށްގެން ހިއްކާފައިވާ ތިލަފުށީފަޅުން 2016 ވަނަ އަހަރުވެސް ބައެއް ހިއްކާފައިވެއެވެ. ތިލަފުށީފަޅުން ހިއްކާފައިވާ ބިން ބޭނުން ކުރަމުން އަންނަނީ ވިޔަފާރިތަކުގެ ގުދަންތަކަށއި އަދި ވިޔަފާރިތަކަށާއި ގުޅުން ހުރި ކަންކަމަށެވެ.
ތިލަފުށީ ފަޅު އެއްކޮށް ހިއްކުމަށް މަސައްކަތް ކުރަމުންދާއިރު، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުން މާލެއާއި ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަމަޖެހިފައެވެ.
								
											

