މިއަދު އަންހެނުންތަކަކާއި ފޮށުނު މީހަކީ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަން މިހާ: ފުލުހުން

މިއަދު މާލޭ މަގުމަތިން އަންހެނުންތަކަކާއި ފޮށިގެން ހައްޔަރުކުރި މީހަކީ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަން މިހާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 50 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވަނީ އަންހެނުންތަކަކާ ފޮށި، ޢާއްމު އުނދަގޫ ކުރާތީ ކަމަށެވެ.

މިއަދު މެންދުރުފަހު 01:05 ހާއިރު އެމީހާ ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނުމަގުން ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން މިރޭ ވިދާޅުވީ، މިއަދު މާލޭ މަގުމަތިން އަންހެނުންތަކަކާއި ފޮށިގެން ހައްޔަރުކުރި މީހަކީ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަދެގެން ފުލުހުން ހައްޔަރުކުރި މީހާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހު، ބިދޭސީއަކު ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒު ތެރެއަށް ވަނުމުން ފުލުހުންނާއި ސިފައިން ގޮސް ވަނީ އޭނާ އެތަނުން ނެރެ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމިތޯ ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

”އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ވަނީ ދޫކޮށްލާފައި. އަދި އޭނާގެ ސްޕޮންސާރއާއި ގުޅިގެން އޭނަ ބަންގްލަދޭޝްއަށް ފޮނުވައިލުމުގެ މަސައްކަތްދަނީ ކުރަމުން. އެ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ“ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ