8 ދުވަސް ތެރޭގައި އިންޑިއާގެ 15 ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފި

އިންޑީއާގެ 15 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް ކޮވިޑް-19ގެ ވެކްސިން ޖަހާފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ އިން ބުނެފިއެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ވެކްސިން ދިނުން ފަށާފައިވަނީ ޖަނަވަރީ މަހުގެ 16 ގައެވެ. އަދި އިންޑީއާއިން 8 ދުވަސް ތެރޭގައި 15.37 މީހުން ކޮވިޑް ވެކްސިން ޖެހި ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

މިނިސްޓްރީން ހާމަކުރިގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 15،37،190 މީހުން ކޮވިޑް ވެކްސިން ޖަހާފައިވާއިރު، ވެކްސިން ޖެހުމަށް 27،700 ސެޝަންސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، ވެކްސިން ޖެހި މީހުންގެ ތެރެއިން ހަ މީހަކު މަރުވެފައިވާކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް މަރެއް ކޮވިޑް-19 ގެ ވެކްސިން އާއި ގުޅުމެއް ނުވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ