ދިއްދޫގައި ފުޓްސަލް މެޗެއްގައި މާރާމާރީ ހިންގައި، ދަނޑު ސުންނާފަތިކޮށްފި

ހއ.ދިއްދޫގައި ރޭ ކުޅުނު ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް ހޫނުވެ، ދަނޑުމަތީގައި މާރާމާރީ ހިންގައި، މެޗު ކުޅުނު ފުޓްސަލް ދަނޑު ސުންނާފަތިކޮށްފިއެވެ.

މަސްލަޙަތު ގެއްލި މާރާމާރީ ހިންގާފައިވަނީ ދިއްދޫގައި ކުރިއަށްދިޔަ ފުޓްސަލް މުބާރާތެއްގައި "ބްލެކް-ޒިނޯ" އަދި "ވަންތަޅާ" ބައްދަލުކުރި ރޭގެ މެޗުގައެވެ.

މެޗުގެ މަންޒަރުތަކުން ފެންނަ ގޮތުގައި އެންމެ ފުރަތަމަ ހަމަނުޖެހުން ހިނގާފައިވަނީ މެޗުގެ ނަތީޖާ ހަމަހަމެފައި އޮއްވާ "ވަންތަޅާ" އިން ޖެހި ލަނޑެއް އެއީ ލަނޑެއް ނޫންކަމަށް ރެފްރީ އެއް ރެފްރީ އިޝާރާތް ކުރުމާއި ގުޅިގެންނެވެ. ނަމަވެސް ދެ ރެފްރީން މަޝްވަރާކުރުމަށްފަހު ނިންމީ އެއީ ގޯލެއް ކަމަށެވެ.

އެވަގުތު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން "ވަންތަޅާ" ގެ އެއް ކުޅުންތެރިއަކަށް (ޖނ.32) ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ނަމަވެސް އެއަށްފަހު "ބްލެކް ޒިނޯ" ޓީމުންވެސް މެޗު އޮފިޝަލުންނާ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާ މަންޒަރު ފެނެއެވެ.

ރަތް ކާޑަށް ފަހުގައި މެޗުގެ ކުޅުން ކުރިއަށް ގެންދިޔަ ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މެޗު ވަނީ ހޫނުވެ ކުޅުމުގެ ތެރެއިން އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ހަމަލާދީފައެވެ. އެއާއެކު ރަތް ކާޑު ދެއްކި ކުޅުންތެރިޔާއާއި އެހެން ކުޅުންތެރިންވެސް ދަނޑަށް އަރައި މާރާމާރީ ހިންގާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މީގެ އިތުރުން ބައެއް ސަޕޯޓަރުންވެސް ފެންސް މަތިންނާއި މައި ގޭޓް ހުޅުވައިގެން ދަނޑަށް ވަންނައިރު، އިތުރަށް މަޝްރަހް ހޫނު ބައެއް ކުޅުންތެރިން ވަނީ ފުޓްސަލް ދަނޑުގެ ޓާފް މެޓްތައް ނައްޓައި ދަނޑަށް ގެއްލުން ދޭން ފަށާފައެވެ.

ފުލުހުން ވިދާޅުވީ، ރޭ 23:00 ގައި ކުޅުނު ފުޓްސަލް މެޗުގައި ދެޓީމުގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައި، ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓްތަކަށް އަދި ގޮނޑިފަދަ ތަކެއްޗަށް ގެއްލުންދީފައިވާ ކަމާއި، މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރޭ ކުޅުނު މެޗު ހޫނުވުމުގެ ސަބަބުން ނުކުޅެވުނުއިރު، އެވަގުތު ކައުންސިލުން ނިންމާފައިވަނީ މެޗު މެދުކަނޑާލުމަށްފަހު ކައުންސިލުގައި މަޝްވަރާކުރުމަށްފަހު ފަހުން ގޮތެއް ނިންމުމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސާޖިދު

    ހއ.ދިއްދޫގަ ތިބީ މޮޮޔައިންތަ. އަޅެފަހެ މީހަކު އަޖައިބެއް ނުވާނެތަ.. ތަންކޮޅެއް ނާތަހުޒީބު ބައެއް ވީމާވާގޮއިއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ