ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރިވަނީ : ފޮޓޯ - އެމް.ވީ ކްރައިސިސް

މިސްކިތުގައި މާރާމާރީ ހިންގި އިންޑިއާ މީހާގެ ބަންދަން އިތުރު 5 ދުވަސް ޖަހައިފި

މިސްކިތަކަށްއަރައި ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގި އިންޑިއާ މީހާގެ ބަންދަން އިތުރު 5 ދުވަސް ޖަހައިފިއެވެ.

ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި މިމަހުގެ 15 ވަނަ ދުވަހު އަސްރު ނަމާދު ވަގުތު ހިނގާދިޔަ އެ ހާދިސާއާއި ގުޅިގެން ޙައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް ފުރަތަމަ ޖަހާފައިވަނީ 10 ދުވަހެވެ. އަދި އެ ބަންދުގެ މުއްދަތު މިއަދު ހަމަވުމާއި ގުޅިގެން މިއަދު ކޯޓަށް ގެންދިއުމުގައި އޭނާ ބަންދުގައި ބަހައްްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް އިތުރު ފަސް ދުވަސް ހުޅުމާލެ ކޯޓުން ވަނީ ޖަހާފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެމީހާ މިސްކަތުން ނެރުމަށް މަސައްކަތްކޮށް މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯރޓް ލިބުމާއި ގުޅިގެން އެމައްސަލާގައި ބަލަން ޖެހޭ ކަންތައް ބަލާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުގެ މަސައްކަތް ފުލުހުންވަނީ ފައްޓަވާފައެވެ.

https://feshun.wonstasite.com/108852

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ