ކުޑަކުދިންތަކަކަށް ހަމަލާދީފައި ސުވަރުގެ ނުދެވޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ ތ. ތިމަރަފުށިން ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުން އަށް މީހަކު ހައްޔަރުކޮށް، ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނީ ތިމަރަފުށީ ސްކޫލުގައި ކަމަށް ފުލުހުން ބުނުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
kudakudhin thakakah hamalaadheefa suvaruge nudheveyne.
Zuvaanunge sikundithah dhovelan furusathu nudhevvaa.
Eyee bayehge viyafaari, amilla edhumah vasvaasdhee, raavaa adhi kuruvaa kankan.
Islam dheenakee sulhaige dheen, eyee aniyaa aai dhekolhu dheen.
Loehbaa kulunuge dheen. pic.twitter.com/iqP3N7xcXg
— Ahmed Mahloof (@AhmedMahloof) January 26, 2021
މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކުޑަކުދިންތަކަކަށް ހަމަލާދީފައި ސުވަރުގެ ނުދެވޭނެ ކަމަށާއި، ޒުވާޏުންގެ ސިކުނޑިތައް "ދޮވެލުމަށް" ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.
"މިކަންކަމަކީ ބައެއްގެ ވިޔަފާރި ކަމަށާއި، އަމިއްލަ އެދުމަށް ވަސްވާސްދީ ރާވައިގެން ކުރުވާ ކަންކަން" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ އިސްލާމް ދީނަކީ ސުލްހައިގެ ދީނެއް ކަމަށާއި، އަދި އިސްލާމް ދީނަކީ އަނިޔާއާއި ދެކޮޅުގެ ދީނެއް ކަމަށާއި، ލޯތްބާއި ކުލުނުގެ ދީނެއް ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
އިސްލާމިކް ސްޓޭޓްއާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުން އަށް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތު ފުލުހުން އިއްޔެ އާންމު ކުރިއެވެ. ފުލުހުން ވިދާޅުވީ ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރު ފަތުރާފައިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެންކަން އެނގިފައިވާ ކަމަށެވެ. އަދި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނީ ތިމަރަފުށީ ސްކޫލުގައި ކަމަށް ފުލުހުން ބުންޏެވެ.



