ތުނބުޅި ބަހައްޓާފައި ހުންނަ އެންމެންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ: މަހުލޫފް

ތުނބުޅި ބަހައްޓާފައި ހުންނަ އެންމެންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް އެމްޑީޕީ އެކްޓިވިސްޓަކު ބުނުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އެމްޑީޕީގެ އެކްޓިވިސްޓަށް އަމާޒުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ދަގަނޑޭގެ ފޮޓޯ އަކާއެކު މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތުނބުޅި ނުވަތަ ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށެވެ.

"މުޖުތަމައުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން، ހިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކޮށްގެން އުޅެން ދަސްކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.

"ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ސޫންތަގެ ޓުވީޓުގައިވެއެވެ.

ސޫޒަން އިބްރާހިމްފުޅުގެ ޓްވީޓުގައި ވަކި މީހެއްގެ ނަން ނެތް ނަމަވެސް އޭނާ އެ ޓްވީޓް ކުރީ ދަގަނޑޭގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީއާ ދެ މީހުން ފެންނަ ފޮޓޯ އަކާ އެކުގައެވެ.

ތުނބުޅި ބަހައްޓާފައި ހުންނަ އެންމެންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ: މަހުލޫފް

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. reload vazeeru

    rulhi aruvan kaley anga nuthalhaa hurey. kaleyge sarukaaruge visnumakee laadheenee visnunkan kaleah rangalhah engeyne. kon vaahakaeh dhakkaakah.
    kaley thee maa mb aai meeheh nooney ingey.

  2. Ma

    Soontha ey..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ