ޔޫތް މިނިސްޓަރ މަޙްލޫފް - ފޮޓޯ: ވަގުތު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި މަހުލޫފަށް ވާދަނުކުރެވޭނެކަން އަންގައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މަހުލޫފަށް މިރޭ ފޮނުވި ސިޓީގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހުލޫފްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގައި މަހުލޫފްގެ މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށެވެ.

އެއްވެސް ކޮމިޝަނަކުން ނެރޭ ހިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ