އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ސިއްހީ ފަރުވާއަށް ދޫނިދޫއިން މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެނެސްފިއެވެ.
އިތުރުފަރުވާ ދިނުމަށް ފުލުހުންގެ ނޫސަންދަ ކްލިނިކަށް އަދުރޭ އަދި ޝުޖާއު ގެނައި ނަމަވެސް ކުރިމަތިވެގެން އުޅޭ ސިއްހީ މައްސަލައެއް އަދި ސާފެއް ނުވެއެވެ.
ޕީޕީއެމްއާއި ޕީއެންސީ ހިންގާ އޮފީސް ކައިރީ ރޭ ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލި ކުރިމަތިލުމުގެ ތެރެއިން ކޯލިޝަންގެ އާންމު މެންބަރަކަށް ވެސް އަނިޔާވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ ބޭފުޅުންނަށް ބަންދުގެ މުއްދަތެއް ޖަހަން އެދި ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެއެވެ.