ޤަވާއިދާ ޚިލާފަށް ރޮނާލްޑޯ ލޯބިވެރިޔާ ޖޯޖީނާގެ އުފަންދުވަސް ފާހަގަކޮށްފި

އިޓަލީގެ ކޮވިޑުގެ ޤަވާޢީދުތަކާއި އުޞޫލްތަކާއި ޚިލާފުވެގެން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްގެ އުފަންދުވަސް ފާހަގަ ކޮށްފިއެވެ.

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ، ޔުވެންޓަސް އެންމެފަހުން ކުޅުނު މެޗުގެ ސްކޮޑު ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ދިޔައީ ލޯބިވެރިޔާ ޖީޖީނާގެ އުފަންދުވަސް ފާހަގަކުރުމަށް އިޓަލީގެ އޯސްޓާއަށެވެ.

ރިޕޯރޓްތައް ބުނާގޮތުން ޖޯޖީނާގެ އުފަންދުވަސް ފާހަގަކުރުނަށް ރޮނާލްޑޯ ދަތުރުކޮށްފައިވާ ސްޓޭޓްްތަކަކީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި އަރައި ފޭބުން މަނާކޮށްފައިވާ ސްޓޭޓްތަކެކެވެ. އަދި ހޮޓަލެއް ބުކްކޮށް ރޮނާލްޑޯ ލޯބިވެރިޔާ ޖޯޖީނާގެ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، އެ ދެ ލޯބިވެރިން އުފަން ދުވަސް ފާހަގަކޮށްފައިވާ ހޮޓަލަކީ މިދަނޑިވަޅުގައި ބަންދުކޮށްފައި ހުންނަން ޖެހޭ ހޮޓަލެއްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

https://www.instagram.com/p/CKj8UwHHcCG/?utm_source=ig_embed

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ރިސްކް ރޮނާލްޑޯއަށް ކުޑަނަމަވެސް ރޮނާލްޑޯގެ މިޢަމަލު ގިނަ ބަޔަކުވަނީ ކުށްވެރިކޮށްފައެވެ.

އަދި ރޮނާލްޑޯގެ މިދަތުރު ތަޙުޤީޤު ކުރަމުންދާކަމަށް ރިޕޯރޓްތައް ބުނާއިރު، މިދަތުރުތަކާއި ގުޅިގެން ރޮނާލްޑޯއަށް ޖޫރުމަނާއެއް އަތުން ގާތެވެ.

ޖޯޖީނާ ރޮޑްރިގޭޒްގެ އުފަން ދުވަހަކީ ޖެނުއަރީ 27 އެވެ. އިއްޔެ ފާހަގަކޮށްފައިވަނީ ޖޯޖީނާގެ 27 ވަނަ އުފަން ދުވަހެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ