ގދ. އަމަރި ހޮވައްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ ސްޕްލައި ދޯނީގެ އިންޖީނު ރޫމުގައި އަލިފާން ރޯވެ އިންޖީނު ހުއްޓިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 10:30 ހާއިރު ކަމަށާއި ދޯނީގެ އިންޖީނު ރޫމުގައި އަލިފާން ރޯވެ އިންޖީނު ހުއްޓުމާއި ގުޅިގެން ދޯނި އޮޔާ ދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ ހަ މީހުން ތިއްބެވެ. މި ހަމީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި، ހަތަރު ބިދޭސީންނެވެ.
Gdh.Amari Havodda Maldives in furaigen Male' dhathurukuri "Hibaru" namakah kiyaa supply dhoaneege engine room gai alifaan roave engine hutti oyaa dhaathee MNDF Central Area Coast Guard Squadron in harakaaiytheri vanee. Mi haadhisaage report libifaivanee mirey 10:30 haairu.
— Maldives National Defence Force (@MNDF_Official) January 28, 2021
ރޭ ހިނގި އަލިފާނުގެ އިތުރު ހާދިސާއެއްގައި ތާޖް ކޯރަލް ރިސޯޓުގެ ވޯޓަރ ވިލާއެއްގައިވެސް ވަނީ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.




