ރާއްޖޭގެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސް ވުމާއި ގުޅިގެން މެދު ރައްޔިތުން މަޖިލީހުގެ ހެންވޭރު ދާއިރާގެ މަޖިލީސް މެމްބަރު އަލީ އާޒިމް އަނެއްކާވެސް ނުރުހުން ފާޅުކޮށްފިއެވެ.
ދިވެހި ސަރުކާރުން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 18، 2014 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 29، 2017 ގަ އެވެ. މެމްބަރު އާޒިމް ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒޭންގް ލިޒޮންގް ކުރެއްވި ޓުއީޓަކަށް ރައްދުދެއްވާ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުގެ އިތުރުން ކަމާއި ގުޅޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތަކެއް ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
Procedure were not followed when FTA went through parliamentary process. These issues needs to be addressed before FTA enters in to force. https://t.co/lPtdszrmeY
— ???????????? ???????????????? (@aliaazim) January 28, 2021
މެމްބަރު އާޒިމް ވަނީ މީގެ ކުރިންވެސް ފްރީ ޓްރޭޑް އެއްބަސްވުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މަސްވެރިކަމާއި ފަތުރުވެރި ކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ކުރީ ސަރުކާރުގައި އުޅުއްވި ބައެއް ފަރާތަތްކުން ވަނީ ބުނެފައެވެ.



