ކެމްޕެއިން ކުރުން މަނާ ވަގުތުވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެމްޑީޕީއަށް ކެމްޕެއިން ކުރައްވައި ޓްވީޓްތަކެއް ކުރައްވައިފިއެވެ.
މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ކުރުމަކީ މަނާކަމެކެވެ.
ނަމަވެސް ޢަލީ އާޒިމް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ ސިޓީގެ މޭޔަރ އަނަސް އަބްދުއްސައްތާރަށާއި، ހެންވޭރު ހުޅަނގުދައިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ކެނޑިޑޭޓް އައިޝަތު މޫސާ އަށް ވޯޓް ދެއްވުމަށް އެދިފައެވެ.

މި ދެ ބޭފުޅުންގެ ކެމްޕެއިން ޕޯސްޓަރެއްވެސް ޢަލީ އަޒިމް ވަނީ ޓްވީޓް ކުރައްވާފައެވެ.
އަލީ އާޒިމް ވަނީ ކެމްޕެއިން ކުރުން މަނާ ވަގުތުގައި މެދު ހެންވޭރު ދައިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ކެނޑިޑޭޓް އިސްމާއިލް ޙުސައިން އަށް ވެސް ކެމްޕެއިން ކުރައްވައި ޓްވީޓް ކުރައްވާފައެވެ.

ޢަލީ އާޒިމް މަނާ ވަގުތުގައި ކެމްޕެއިން ކުރެއްވި އިރު އެމްޑީޕީ އިންވަނީ މިއަދު ހަވީރު ކެމްޕެއިން ނިންމުމުގެ ގޮތުތުން މާލޭގައި ޕިކަޕް ބުރެއް ބާއްވާފައެވެ.
މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގައި އިސްކޮށް ހަރަކަތްތެރިވަ ގިނަ ފަރާތްތަކެއްގެ އިތުރުން މާލޭ ސިޓީއަށް އެ ޕާޓީގެ ޓިކެޓްގައި ވަދަކުރައްވާ ކެނޑިޑޭޓުން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވީޑިއޯ މެދުވެރިކޮށް މި ކެމްޕެއިންގައި ބައިވެރިވެލައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިއަދު ހަވީރު 6:00 ގެ ފަހުން ކެމްޕެއިން ކުރެއްވުމަކީ މަނާކަމެއް ކަމުގައި ވިދާޅުވެފައެވެ.
މިއަދުގެ ހަވީރު 18:00ގެ ފަހުން ކެމްޕޭނު ކުުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް!
— Elections Commission (@ElectionsMv) April 9, 2021




2 Responses
Election ge gadi aa aazim ge gadi aa dimaa nuvanyaa mi henves vedaane . Gadeega thi ulhenee mahsala. Tweet othee ok koh.mihaaru hunna gadi thah ehaa ecurate nooneeey.
timeehunah manaa kameh nonnaane konme vagutakuves beynun kamehkuranhee