ވަޢުދަކަށްފަހު ވަޢުދެއް މިއޮށްދަނީ ފުދެމުން: އާޒިމް

ސަރުކަރުން ރައްޔިތުންނަށްވެފައިވާ ވަޢުދުތަކުގެ ތެރެއިން ވަޢުދަކަށްފަހު ވަޢުދެއް ދަނީ ފުދެމުންކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޢަލީ އާޒިމް މިހެން ވިދާޅުވެފައި ވަނީ ސަރވިސް ޗާޖު ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން ޤަވާއިދެއް އެކުލަވާލައި އެއަށް ޢަމަލު ކުރަން ފެށުމައި ގުޅިގެންނެވެ.

ސަރވިސް ޗާޖާއި ގުޅޭ ގޮތުން ސަރުކާރުން ނެރެފައިވާ ޤަވާއިދުގައި ޤާނޫނާއި އެއްގޮތަށް ސަރވިސްޗާޖް ނަގަމުންދޭތޯ ކަށަވަރުކޮށް މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހަންޖެހޭ ގޮތް ކަނޑައަޅައި އެގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސަރވިސް ޗާޖް ބަހަމުންދާކަން ކަށަވަރު ކުރުމާއި ގުޅޭ ގޮތުން ވަނީ އަލިއަޅުވާލައިފައެވެ.

މިކަމާއި ގުޅޭ ޤަވާއިދެއް ސަރުކާރުން ނެރެފައި މިވަނީ ސަރވިސް ޗާޖު މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

މިކަމާއި ގުޅިގެން ޢަލީ އާޒިމް ވިދާޅުވީ ވަޢުދަކަށްފަހު ވަޢުދެއް މިއޮށްދަނީ ފުދެމުން ކަމަށާއި، މިވެރިންނާއި ހަވާލުކޮށްފަ ބަލަން ތިބެންވީކަމަށެވެ. އަދި ނިމޭއިރު ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މި ޤަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ. އަދި ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 އަށްވުރެ ގިނައިން ނުނެގޭނެކަމުގައި ވަނީ ބުނެފައެވެ.

މުވައްޒަފުންނަށް ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެންނެވެ. އަދި މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމުކުރުމަށް މުވައްޒަފަށް ޙައްޤުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމުގައިވެސް އެ ޤަވާއިދުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

2 Responses

  1. ބޭބެ

    ތިކަހަލަ ޖާހިލުންފަހުޒަމާނުގައި ފާޅުވާނޭކަން އެގެން އެބައޮތް! އަޅެބުނެބަލަ ތި MDP ބައިގަނޑުއިސްލާމްދީން ހިމާޔަތްކޮށް ﷲ ގެ އެއްކައްވަންތަކަން ދަމަހަށްޓަންކުރަމުން ގެންދާ އެއްވެސް ކަމެއް ތިޖާހިލު ބައިގަނޑު?

  2. ބިރުބޮޑު

    ހަރާމޭ ފުށްދޭ ވައުދެއް ތިޔަކުރެވޭނީ ޔާމީނުސަރުކާރުން ފަންޑް ހޯދާފަށާފައިވާމަސައްކަތްތަށް ވަރަށްސާފް އިނގޭތޯ

    3
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ