އިިދިކޮޅުގެ ސުލްހަވެރި އިހްތިޖާޖު ފަށައިފި

ޕީޕީއެމް އަދި ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ސުލްހަވެރި އިހްތިޖާޖެއް ކުރަން ފަށައިފިއެވެ.

އިދިކޮޅުން " އިންސާފު ކޮބާ" ގެ ނަމުގައި ސުލްހަވެރި އިހްތިޖާޖެއް ފެށުމާއިއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ބެރިކޭޑް ޖަހައި، އެސަރަހައްދު ބަންދުކޮށްފައެވެ.

ސިއްހީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާއިއެކު ކުރިއަށް ގެންދާ މި ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް، އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކައުންސިލްއިން "ސީދާ ހަރަކާތަށް" ނުކުންނަން ގަރާރެއް ފާސްކުރުމަށް ފަހު، މާލޭގައި ދަނީ ކޮންމެ ދުވަހަކު ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ