މާލޭ ސިޓީގެ ޕާކުތައް ހުޅުވާގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ، މާލޭގެ ޕާކުތައް ހުޅުވާ ގަޑިތައް ބަދަލުގެންނަން ނިންމާފައިމިވަނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އެގޮތުން 30 ޖެނުއަރީން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ފަތިހު 5 އިން ހެެނދުނު 8 ށް ހަވީރު 5 އިން ރޭގަނޑު 8 ށް ކަމަށް ކައުންސިލުން ބުންޏެވެ.
From 30th January onwards
Lonuziyaaraiy Park And Sultan Park will be open from
Morning : 5am to 8am
Evening : 5pm to 8pm— Male' City Council (@MaleCitymv) January 29, 2021
އެ ޕާކުތަށް ކުރިން ހަމަޖެހިފައިވާ ގޮތުން ހުޅުވަނީ ފަތިހު 4:30 ފެށިގެން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.
މީގެ އިތުރުން މާލޭ ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އެޗް.ޕީ.އޭއިން ނިންމާފައި ވުމާ ގުޅިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ދޫނުކުރާ ގޮތަށް ވަނީ ހަމަޖައްސާފަކަށް ވެސް ސިޓީ ކައުންސިލް އިން ވަނީ ބުނެފައެވެ.




ހިޔާލު
Thikihaa dherakameh mulhin thithanthan badhukuranvee thee sifaa laarigadu kaankuraakameh