އޭޕީގެ އިންތިޚާބުގައި ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފި

މިހާރު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ފުރަތަމަ ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށެވެ.

ނަމަވެސް އަދާލަތު ޕާޓީން ވިދާޅުވެފައި ވަނީ އެޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ކުރިއަށްދާ އިންތިޚާބުގެ ވޯޓްލުމުގެ ވަގުތު 30 ޖަނަވަރީ 2021 ގެ 21:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

މިހާރު ކުރިޔަށް ދަނީ އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް އެޓީގެ ރައީސް އާއި ނަބު ރައީސް ހޮވުމަށް ބާއްވާ ވޯޓް ލުމެވެ. މިފަހަރު އެޕާޓީގެ ރައީސް ކަަމަށް މިހާރުވެސް އެޕާޓީގެ ރައީސް ގެ މަޤާމްގައި ހުރި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢާބްދުﷲއާއި، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވާދަކުރައްވައެވެ.

އަދާލަތު ޕާޓީން ވިދާޅުވެފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ ނުވަތަ ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދޭކަމަށެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމެޓީއިން މި ރޭ މީޑިއާއަށް މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަޢުލޫމާތު ދިނުން ކުރިޔަށް ދާނީ މިރޭ 9:30 ގައި އެ ޕާޓީގެ އޮފީހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ