ސީޕީ ހަމީދު | ފޮޓޯ: މިހާރު

އެމްސީ ހަމީދު ފުލުހުންގެ ވެރިޔަކަށް ހުރުމަކީ ޤައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް - އަދުރޭ

މުހައްމަދު ހަމީދު (އެމްސީ) ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، އޭނާ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ވިދާޅުވެފައިވަނި ކޮށެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ ،އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދެނީސް ދިވެހިން ގަޔަށް ޖެހުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރި އިހުތިޖާޖުގެ ތެރެއިން އެ ދެމީހުން ހައްޔަރުކުރުމަށްފަހު، މުއްދަތު ޖެހުމަށެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި އަޑުއެހުމުގައެވެ.

ފުލުހުން މިގޮތަށް ވިދާޅުވިތާ ދެ ދުވަސް ފަހުން ރޭ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ ދައުލަތުގެ ސިއްރު،ހާމަ ކުރަން ނުޖެހޭ ފަރާތްތަކަށް ހާމަ ކުރިކަން ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެއް ކަމަށެވެ. "މިފަދަ މީހަކު ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް". އަދުރޭ ވިދާޅުވިއެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރުމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ޑިސެމްބަރު ދެ ވަނަ ދުވަހު ޙުކުމް ކުރީ އެމްސީ ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށާއި އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށް އަމުރު ކުރާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ