ރަސްމިއްޔާތަށް ރައީސް ވަޑައިނުގަތީ ބުރިޖް ޕްރޮޖެކްޓާއި މެދު ޔަޤީންކަން ނެތީމާ: އަދުރޭ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިނުގަތީ އެ ޕްރޮޖެކްޓާއި މެދު އެމަނިކުފާނަށްވެސް ޔަޤީންކަން ނެތުމުންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް(ޖީ.އެމް.ސީ.ޕީ)"ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު މިއަދު ސޮއިކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައި ނުގަތުމުން އެކަމާއި ފާޑުވިދާޅުވެ އަދުރޭ ވިދާޅުވީ، ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައި ނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ