ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އަންގައިފި

ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް ކަމަށެވެ. އެހެން ނަމަވެސް ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 31 ޖަނަވަރީ 2021 އިން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުތަކުގެ 4 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އަންގާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ