މާލޭގައި ހިނގި މާރާމާރީއެއްގެ ސީންއެއްގެ ތެރެއިން | ފައިލް ފޮޓޯ

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިނގައިފި

މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިނގައިފިއެވެ.

މި މާރާމާރީ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:15 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"މިރޭ 21:15 އެހާކަންހާއިރު އަސަރީ ހިނގުމުގައި މޭހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ފިރެހެނަކަށް ކަމަށާއި މި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިރޭ 19:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ދަނޑު ކައިރީގައި މާރާމާރީއެއް އެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި މާރާމާރީގެ އިތުރު މައުލޫމާތެއް ފުލުހުން އަދި މީޑިއާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ